އެޖެންޑާ19 ގައި ބުނި އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެ: ނަޝީދު
އެޖެންޑާ19 ގައި ބުނި އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހި މުވައްޒަފުންނަށް ދޭ އެންމެ ކުޑަ އުޖޫރައިގެ އަދަދަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައި ސަރުކާރުން މިއަދު ވަނީ އެކަން އިއުލާންކޮށްފައެވެ. ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމެނިފައިވާ އަދި އެޖެންޑާ19ގައިވެސް ބުނި އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެ ކަމަށާއި ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑިޕީގެ އަމާޒެއް ކަމަށެވެ.…