އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި
ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ. މިގޮތުން އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑްތަކުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 13 ރުފިޔާ 50 ލާރިއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ 13 ރުފިޔާ 98 ލާރިއަށެވެ. އެހެންކަމުން، މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގު 48 ލާރި ހެޔޮވެފައިވެއެވެ. ޕެޓްރޯލްގެ އަގު ހެޔޮކުރި ނަމަވެސް، ޑީސަލްގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.…