ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް މާދަމާ ބަހުގެ ހިދުމަތް ފަށަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް މާދަމާ ބަހުގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީން ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތު ކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އެކު ކުރެވުނު މަޝްވަރާތަކަށްފަހު މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.…