ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިވެއްޖެ
ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ އިސްތިއުފާ ދެއްވި ނަމަވެސް ފޮރިން މިނިސްޓްރީގަިއ މަސައްކަތް ކުރައްވާނެއެވެ. ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ނޭނގެ އެވެ. އިނާޔާ އަކީ މިހާތަނަށް ރާއްޖޭގައި ފޮރިން ސެކްރެޓަރީގެ މަގާމު ފުރުއްވި ހަމައެކަނި އަންހެން ބޭފުޅާ އެވެ. ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަންކުރެއްވީ ޑިސެމްބަރު 12، 2023 ގައެވެ.