މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ
މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްލޮކްތަކަށް ބަހާލައިގެން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން 06 ފެބުރުވަރީ އިން ފެށިގެން 09 ފެބުރުވަރީ 2025 ގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލުގެނެވިފައިވާ ކަމަށެވެ. ކައުންސިލުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވިފައިވާ…









