ވޯޓުފޮށި ބެހެއްޓޭ ވަރަށް ރީ-ރަޖިސްޓްރީކުރީ ސްރީލަންކާ އާއި މެލޭޝިޔާގައި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވަނީ ސްރީލަންކާ އާއި މެލޭޝިއާގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ. މަޖިލިސް އިންތިހާބުގައި ބޭރުގެ ހަ ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އީސީއިން ނިންމި އެވެ. އެއީ ސްރީލަންކާ، މެލޭޝިއާގެ އިތުރުން އިންޑިއާ އާއި ތައިލެންޑް އާއި އިނގިރޭސިވިލާތް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތު އިއްޔެ ހަވީރު 4:00 އަށް…