ތިން ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބާއްވަނީ
ތިން ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މީހުން ކުރިމަތިލާފައިވާތީ އަލުން ބައި އިލެކްޝަން ބާއްވަން ހަމަޖެއްސި ތިން ރަށްތަކަކީ ހދ ނޭކުރެންދޫ ރ. މަޑުއްވަރީ އަދި ނ.ކެނދިކުޅުދޫއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މި ތިން ރަށުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ އެކެއް ޖެހުމުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.…