އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 18 ވަނަ ފަހަރަށް އިތުރުކޮށްފި
ކޮވިޑް19 ބަލިމަޑު ކަމާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 18 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މިމުއްދަތު މިފަހަރުވެސް އިތުރުކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. ހެލެތް މިނިސްޓަރ އަހުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ގަރާރުގައި މި ހާލަތު ދަމަހައްޓަން އަންގާފައިވަނީ އަންނަ ސެޕްޓެމްބަރުގެ އެއް ވަނަ ދުވަހަށެވެ. އެންމެ ފުރަތަމަ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. ހެލްތް…