ބަންކަރިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފަށާނަން: އެސްޓީއޯ
ބަންކަރިންގެ ހިދުމަތް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަަމަށް އެސްޓީއޯ އިން ބުނެފި އެވެ. ރާއްޖޭގައި މުޅިން އަލަށް ފަށާ ހިދުމަތެއް ކަމަށްވާ ބަންކަރިން ހިދުމަތް ދިނުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ފަރާތަކީ އެސްޓީއޯ އެވެ. އެސްޓީއޯ އިން މިއަދު ބުނީ އަންނަ ބުރާސްފަތި ދުވަހު ބައިނަލްއަގްވާމީ ބަންކަރިން ހިދުމަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. "މި ހިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވަނީ ނިންމާފައި،" އެސްޓީއޯ އިން…