ޕާޓީ ބަދަލު ކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ގެނައި އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ގެނައި އެންޓި ޑިފެކްޝަން ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބާރަށު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅި މި ބިލަށް ގިނަ އިސްލާހުތަކެއް އެ މަސަައްކަތަށް އެކުލަވާލި ކޮމިޓީން ގެނަ އެވެ. މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮންޑި ގެއްލޭ ގާނޫނެއް ގެނައުމަށް 33 މެމްބަރަކު ވޯޓު ދިން އިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ 06 މެމްބަރުންނެވެ. އެމްޑީޕީގެ ހަތް…