ސަތޭކަ ކިލޯގެ ޑްރަގު މައްސަލައިގައި ހައްޔަރު ކުރި މީހަކު އަނެއްކާ ވެސް ޑްރަގާއެކު ހައްޔަރަށް
ސަތޭކަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރެވި ދޫކޮށްލެވިފައި ހުރި މީހަކު އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. އެގޮތުން ހައްޔަރުކުރެވުނީ ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހީމް ޒައިދު ހަބީބެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިބްރާހިމް ޒައިދު ލައިގެން ހުރި ސޯޓުބުރީގެ ވައަތު ފަރާތު ޖީބުން އެއް ރަބަރު ފެނިފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައި…









