ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި
ވަކިން ސިގިރޭޓް ވިއްކުމާއި ސިގިރޭޓް ބުއިމަށް ހުއްދަ ނެތް ތަންތަނުގައި ސިގިރޭޓް ބުއިމުގެ ކަންކަން ހުއްޓުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރުގަދަ ކުރުމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް އަދި މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން މަޝަވަރާކުރައްވައިފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ތަންފީޒީ އިދާރާތައް ކަމަށްވާ، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވސް ކަސްޓަމްސް ސަރވިސް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ޤާނޫނު…