ލޫޓުވައިފި، ދަވާލައިފި ބެނާ ދަމަން އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީ: ޝުޖާއު
އިދިކޮޅު އެމްޑީޕީން ބޭނުން ކުރަމުން އަންނަ ލޫޓުވައިފި، ދަވާލައިފި ފަދަ ޝިޔާރުތައް ހިމެނޭ ބެނާތައް ދަމަން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ އޮފީސް ކުރިމަތީގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. އެމްޑީޕީން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެއްވުމާއި ގުޅިގެން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ލޫޓުވައިފި، ދަވާލައިފި މިފަދަ ޝިޔާރުތައް ހިމެނޭ ބެނާފަދަ ތަކެތި ދެމުން އެންމެ އައުލާކަން ބޮޑީ އެމްޑީޕީ ހަރުގެ ކުރިމަތީގަ…








