ސިޔާސީ ޕާޓީތަކަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އެކަނި މެމްބަރުން ވެއްދޭ ގޮތަށް ބަދަލުކޮށްފި
އިލެކްޝަންސް ކޮމިޝަނުން މިއަދު ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެސްފި އެވެ. މި ބަދަލުތަކުގެ ތެރޭގައި، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ އެންމެހައި މަސައްކަތްތައް ކުރެވޭނީ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ވަނީ ހަމަޖައްސާފަ އެވެ. އީސީން މިއަދު ގެޒެޓުކުރި އިސްލާހުގެ ދަށުން، އަލަށް އުފެއްދޭ ސިޔާސީ ޕާޓީތަކުގެ މެންބަރުޝިޕަށް ބޭނުންވާ 3،000 މެންބަރުންނާއި، މިހާރު ހިނގަމުންދާ ޕާޓީތަކަށް އިތުރުކުރެވޭ އެންމެހައި މެންބަރުން ވެއްދުމުގެ މަސައްކަތް ކުރެވޭނީ އީފާސް މެދުވެރިކޮށް "ސިމެދަ" ޕޯޓަލްއިން އެކަނި އެވެ.…









