މިނިވަން ދުވަސް އައި އިރު ރާއްޖޭގައި އޮތީ ސިޔާދަތީ ބާރުތައް ގެއްލުމުގެ އިހްސާސްތަކެއް: ޑރ ހަލީލް
މިނިވަން ދުވަސް އަޅުގަނޑުމެންނާއި ބައްދަލު ކުރި އިރު ރާއްޖޭގައި އޮތީ ސިޔާދަތީ ބާރުތައް ގެއްލުމުގެ އިހްސާސްތަކެއް ކަމަށް ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަ ކުރަމުން މިދާ 56 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ އަބްދުﷲ ހަލީލް ވިދާޅުވީ، މިނިވަން ދުވަހަށް އަލިވިލުނުއިރު ރާއްޖޭގައި އޮތީ ސިޔާދަތީ ބާރުތައް ގެއްލުމުގެ އިޙްސާސްތަކެއް ކަމަށާއި ސިއްރު އެއްބަސްވުންތަކެއްގެ ޝިކާރައަކަށްވެ ރާއްޖޭގެ ބިމުން ބައެއް އަޑިނޭނގޭ ގޮތަކަށް ބާރުގަދަ ދައުލަތަކަށް ދޫކޮށްފައިވާ މަންޒަރުތަކެއް ކަމަށެވެ.…