ހިޔާ ޓަވަރު 8 ގައި އަލިފާން ރޯވެ އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8 ގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ޓަވަރުގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައެވެ. އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވި ނަމަވެސް، މި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް ހަށިގަނޑަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި…









