އައްޑޫސިޓީގެ 4 ރަށެއް މޮނިޓަރިން އަށް ލުމުން ކައުންސިލުން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި
ކޮވިޑް19ގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ. ކައުންސިލް އިދާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އާއްމުކޮށް ބާއްވާ އެއްވުންތަކާއި ޕާޓީތައް ބޭއްވުން 2 ހަފްތާއަށް މެދުކަނޑާލުމަށް އަންގާ ކަމަށެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ސުކޫލްތައް 2 ހަފްތާއަށް ބަންދުކުރުމާއެކު، އަދި މިނިސްޓްރީ އޮފް އެޑިއުކެޝަނުން އަންގާ ގޮތެއްގެ މަތިން ގުރޭޑް…